މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމު

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2 (މެނޭޖީރިއަލް ސަރވިސް 2)

މުސާރަ

މަހަކު 6,295.00 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު 2,000.00 ރުފިޔާ 

ސެކްޝަން/  އޮފީސް/ ތަން

އެޑްމިން އެންޑް ފައިނޭންސް  (އައި.ޓީ ޔުނިޓް) / ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ

މަޤާމުގެ މަސްޢޫލިއްޔަތު

މިއޮތޯރިޓީގެ ވެބު ސައިޓު ފަރުމާކުރުމާއި އަޕްޑޭޓް ކުރުމާއި ދުވަހުން ދުވަހަށް ގެންނަށްޖެހޭ ބަދަލުތައް ގެނެސް ވެބުސައިޓަކީ ޒަމާނީ މިންގަނޑުތަކަށް ފެތޭ ވެބުސައިޓެއް ކަމުގައި ހެދުން. އަދި މި އޮތޯރިޓީގެ ނެޓުވޯކުގެ އަދި ސޮފްޓްވެއަރ މައްސަލަތައް ހައްލުކުރުމާއި ކޮމްޕިއުޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތަކަށް ވީ އެންމެ އަވަސް ހައްލެއް ހޯދުމާއެކު މަސައްކަތްތައް ހަލުވިކުރެވޭނެ ގޮތްތައް ހޯދުން.

މަޤާމުގެ ޝަރުޠު

 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ނުވަތަ
 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ  ކަންތައްތައް

1-  ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. (%49)

2-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. (%8)

3-  މަސައްކަތުގެ ހުނަރަށް ބަލައިގެން. (%43)

4-  ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ  އިންސައްތަ %35 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 1. މި އޮތޯރިޓީގެ އިންފޮމޭޝަން ޓެކުނޮލޮޖީ ޔުނިޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، ދިމާވާ މައްސަލަތައް ވީއެންމެ އަވަހަކަށް ޙައްލުކުރުން.
 2. މި މިނިސްޓްރީގެ އިންޓްރާނެޓުގެ މަސައްކަތްތައް ހިންގުމާއި ދުވަހުން ދުވަހަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުން.
 3. މިއޮތޯރިޓީގެ ވެބު ސައިޓު ފަރުމާކުރުމާއި ހިންގުމާއި ދުވަހުން ދުވަހަށް ގެންނަށްޖެހޭ ބަދަލްތައްގެނެސް ވެބު ސައިޓަކީ ޒަމާނީ މިންގަނޑުތަކަށް ފެތޭ ވެބު ސައިޓެއް ކަމުގައި ހެދުން.
 4. މި އޮތޯރިޓީގެ ނެޓުވޯކުގެ މައްސަލަތައް ހައްލުކުރުމާއި ކޮންޕިއުޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތަކަށް ވީ އެންމެ އަވަސް ހައްލެއް ހޯދައިދިނުން.
 5. މި އޮތޯރިޓީގައި ބޭނުން ކުރާ ސޮފްޓުވެއަރ ޕުރޮގުރާމްތަކަށް ދިމާވާ މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލު ކޮށްދިނުން.
 6. މިއޮތޯރިޓީއަށް ބޭނުންވާ ކޮމްޕިއުޓަރާއި އެހެނިހެން އެއާއި ގުޅުންހުރި އާލާތްތައް  ހޯދުން.
 7. މި އޮތޯރިޓީގެ މަސައްކަތްތައް ހަލުވިކޮން ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދައި އެހެނިއެން ވެރިންނާއި މަޝްވަރާ ކުރުމަށްފަހު އެކަންތައްތައް ޤާއިމުކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހެލްތު އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ކުރެވޭނެ.

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި) ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްތަކާއި، އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)
 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފުކޮޕީ
 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަމްބަރު އަދި އީ-މެއިލްއެޑްރެސް ހިމަނާފައި)

ނޯޓް: މިއޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މިމަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަންޖެހޭނީ ހަމައެކަނި  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގް، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު  ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ / ހުރަވީ ބިލްޑިންގ 01 ވަނަ ފަންގިފިލާ، މާލެ

އިތުރު މަޢުލޫމާތު

1- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތްތަކަށެވެ.

2- ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ. އަދި އިންޓަރވިއު ފެށުމުގެ 10 މިނިޓް ކުރިން އިނގިރޭސި އަދި ދިވެހިބަހުން ސިޓީލިޔުމާއި ޢިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ.

3- އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު، އައި.ޑީ ކާޑުގެ އަސްލާއި ލިބިފައިވާ ތަޢުލީމާއި   ތަމްރީނުތަކުގެ ސެޓްފިކެޓްގެ އަސްލާއި ޓްރާންސްކްރިޕްޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

4- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420 / 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ.

16 ޑިސެންބަރު 2014
ހޯދާ