މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނ.ލަންދޫގައި ކުނި މެނޭޖްކުރާ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، އެމަސައްކަތަށް ބޭނުންވާ 1.5 ޓަނުގެ ޕިކަޕެއް ހޯދުމަށް މިއިދާރާއިން ކުރި، ނަމްބަރ: (IUL)289/289/2022/47  ( 16 އޮގަސްޓް 2022 ) ގެ އިޢުލާން އާއި ގުޅިގެން ބިޑް ކާމިޔާބުކުރި ފަރާތުން އެމަސައްކަތް ދޫކޮށްލާފައިވާތީ އެއިޢުލާން ބާޠިލްކޮށް، 2 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ޕިކަޕް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިޢުލާނާއި އެކު، ހިމެނިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއި އެކު، ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާއި، ގުޅުއްވުމުންވެސް ބޭނުންވާ ފަރާތްތަކަށް އީ މެއިލްގެ ޒަރީޢާއިން ޑޮކިއުމަންޓް ފޯރުކޮށްދެވޭނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުގުވެރިވާ ފަރާތްތަކުން، މި ކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިކަމަށް ޙާއްޞަ ކުރެވިފައިވާ "ބީލަން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު" އަދި ރަޖިސްޓރޭޝަންފީ ދެއްކި ސްލިޕް އީމެއިލްގެ ޒަރީޢާއިން ނުވަތަ ލަންދޫ ކައުންސިލަށް ހުށަހެޅުމުން، ރަޖިސްޓްރީ ކުރުމުގެ މަރުޙަލާ ފުރިހަމަވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް -/100 ރުފިޔާގެ ނަންރިފަންޑަބަލް ފީއެއް ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ، 12 ފެބްރުއަރީ 2023 ން ފެށިގެން 26 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ޕްރީ ބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑް ސެކިއުރިޓީ

މި އިޢުލާނާއި ގުޅިގެން، ބިޑް ހުށަހަޅުއްވާ ފަރާތްތަކުން، ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބީލަން ވެލިޑީޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 15 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ، 28 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 10:30 އަށް ލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ގަޑިޖެހުމަށްފަހު، ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ، 28 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 10:30 ގައި، މިކަމަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންވެރިން، ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައި މި އިދާރާގެ މީޓިން ރޫމުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީ މެއިލް އަށް މެއިލް ކުރެއްވުން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް: [email protected]

ފޯނު ނަމްބަރު: 6563759 , 6563762

ނޯޓް:

މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލްކުރުމުގެ އިޚްތިޔާރު ލަންދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައިވެސް އެ ބިޑެއް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2023
ހޯދާ