ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
2023ވަނަ އަހަރު ތުޅާދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބީލަން ހުށައެޅުމުގެ ދައުވަތު

2023ވަނަ އަހަރު ތުޅާދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބީލަން ހުށައެޅުމުގެ ދައުވަތު

  1. 2023 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނު ނަންބަރ: (IUL)GS-56/ADM/2023/05 އާއި ގުޅިގެން ހުށައަޅާފައިވާ ބީލަންތަކަށް، މުވައްޒަފުންގެ ބައިން މަދުވެގެން ލިބެންޖެހޭ މިންވަރަށް އެއްވެސް ފަރާތަކަށް ޕޮއިންޓް ލިބިފައިނުވާތީވެ،އެ އިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި ސްކޫލްގެ ސެކިއުރިޓީ (މީލާދީގޮތުން އެއް އަހަރު ދުވަހަށް(12 މަސްދުވަހަށް)) ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
  3. މި މަސައްކަތް ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  4. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2023 ފެބުރުވަރީ 13 ން 2023 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވިދާނެއެވެ. އީމެއިލް ފޮނުއްވާނަމަ [email protected]  އަށް ފޮނުއްވުމަށްފަހު މެއިލް ސްކޫލަށް ލިބުނުކަން ކަށަވަރުކުރައްވަން ވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. އީމެއިލް ކުރައްވާނަމަ ޢިއުލާން ނަންބަރު، ޚިދުމަތްދޭ ފަރާތުގެ ނަން، މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން، އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރު ހިމަނުއްވަން ވާނެއެވެ.
  5. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2023 ފެބުރުވަރީ 19 ވާ އާދިއްތަ ދުވަހުގެ 13:00  ގެ ކުރިން ލިޔުމުން ހުށައެޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނަމަ [email protected]  އަށެވެ.
  6.  ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ފެބްރުވަރީ 21 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިސްކޫލް މީޓިންގ ރޫމުގައެވެ.
  7. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވާނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ.
  8. މިމަސައްކަތަށް ހުށަހަޅުއްވާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅުއްވާ އަގުގެ %1 ހުށަހަޅުއްވަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
  9. މި މަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބީލަން ފޮތުގައިވާ މަޢުލޫމާތުތަކާއި މަސައްކަތާއި ގުޅިގެންދެވިފައިވާ، މަޢުލޫމާތުތައް ކިޔާ އެއާއި އެއްގޮތަށް އެއްބަސްވާ ފަރާތްތަކުންނެވެ.
  10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

   ތުޅާދޫ ސްކޫލް / ބ. ތުޅާދޫ، ދިވެހިރާއްޖެ

   ފޯން: 6600136

   އީ-މެއިލް: [email protected]

 

21  ރަޖަބު   1444

12 ފެބުރުވަރީ 2023
ހޯދާ