ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި އިންދާ ހައްދާފައިވާ ރުއްގަހާއި ބެހޭ.

ނަންބަރ: (IUL)258/258/2023/30       

 

އިޢުލާން

    

ގޯތިން ބޭރުގައި އިންދާ ހައްދާފައިވާ ރުއްގަހާއި ބެހޭ.

 

 

            ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި ރަށުގެ އެކި ސަރަހައްދު ތަކުގައި އެކި މީސްމީހުން އިންދާ ހައްދާފައިވާ ރުއްގަހުގެ ޝަރުޢީ މިލްކުވެރިކަން އެމީހެއްގެ ނަމުގައި ސާބިތު ކޮށްފައިވާ ރުއްގަހާއި، ރަށު އޮފީހުން ނުވަތަ ރަށު ކައުންސިލުން ރުއްގަސް އިންދުމަށް ލިޔުމުން ހުއްދަދީ ނުވަތަ އޭކަރުގޮތަށް ހުއްދަ ދީފައިވާ ލިޔުން ނެތި ގޯތިން ބޭރުގައި އިންދާ ހައްދާފައިވާ ރުއްގަސް އެއްވެސް ފަރާތަކުން އެހެން ފަރާތަކަށްދީ ވިއްކާ ކަނޑާ ބޭނުންކުރަންވާނީ ކައުންސިލުގެ ހުއްދަ ލިޔުމަކުން ހޯދައިގެން ކަމުގައި ދަންނަވަމެވެ. އެނޫންގޮތަކަށް ވަލު ރުއްގަސް ދީ ވިއްކާ ކަނޑައިގެން ނެގުމަކީ މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21  ރަޖަބު   1444

12 ފެބުރުއަރީ 2023

12 ފެބުރުވަރީ 2023
ހޯދާ