ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރަމަޞާން ކްރިކެޓް ކާނިވަލް 2023

ރަމަޞާން ކްރިކެޓް ކާނިވަލް 2023

 

ކްރިކެޓް ބޯރޑުން އިންތިޒާމްކޮށްގެން ބާއްވާ މައިލޯ ކްރިކެޓް ކާނިވަލް 2023، ރަމަޞާން މަހުގެ  02 ވަނަ ދުވަހު ފަށާގޮތަށްވަނީ ތާވަލް ކުރެވިފައެވެ. އަދި މި އަހަރުގެ ރަމަޞާން ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޙަކީ 1މާރޗް 2023  އެވެ.

އެހެން އަހަރު ތަކެކޭވެސް  އެއްގޮތަށް މިއަހަރުގެ ކާނިވަލުގައިވެސް ތިން މުބާރާތް ކުރިއަށްދާނެއެވެ.  

  • އޯޕަން ޓޭޕް ބޯލް މުބާރާތުގައި ބައިވެވެވޭނީ 12 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1000 ދިވެހި ރުފިޔާއެވެ.
  • އޮފީސް ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 10  ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1500 ދިވެހި ރުފިޔާއެވެ.
  • ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 12ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 5000 ދިވެހި ރުފިޔާއެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ފީ ދައްކާ ތަރުތީބުން، ހަމަޖެހިފައިވާ އަދަދު ފުރިހަމަވަންދެނެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް  10 ޓީޝާޓު ޖާޒީ ދެވޭނެއެވެ.  

ކޮންމެ މުބާރާތެއްގެ އެންމެ ގިނަ ލަނޑު ހަދާ ފަރާތެއް، އެންމެ ގިނަ ވިކެޓް ނަގާ ފަރާތެއް، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ދެޓީމަކަށް އިނާމް ފައިސާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

އީމެއިލް: [email protected]

ފޯން: 3325503 / 9676757

 

12 ފެބުރުވަރީ 2023
ހޯދާ