| 
 ށ. ޅައިމަގު ކައުންސިލުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުން 
 | 
| 
 މަޤާމް: 
 | 
  ކައުންސިލް އެސިސްޓެންޓް 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 1 (އެކެއް) 
 | 
| 
 މަޤާމުގެ ގިންތިއާއި މުއްދަތު: 
 | 
 ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2023 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް) 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭތަން: 
 | 
 ށ. ޅައިމަގު ކައުންސިލްގެ އިދާރާ (ށ. ޅައިމަގު) 
 | 
| 
   
  
މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު 
 | 
 މަޤާމް/ޝަރުޠު 
 | 
 އުޖޫރަ 
 | 
| 
 1-      ލިޔަންކިޔަން ދަތުމާއިއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުން 
 | 
 މަސައްކަތްކުރާ ގަޑިއަކަށް39.40ރުފިޔާ 
 | 
| 
 ސަރުކާރުގެ އުޞޫލުތަކާއެއްގޮތަށް ރަމަޟާންމަހުގެ ޢިނާޔަތް 
 | 
| 
   
  
  
  
  
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ކައުންސިލުން ބަލަހައްޓާ އިޖުތިމާޢީ ސަރަޙައްދުތަކާއި ބަނދަރުގައި ހުރި މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.
 
- ކައުންސިލުން ބަލަހައްޓާ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރާ މުވައްޒަފުންނާއެކު އެ މަސައްކަތުގައި ބައިވެރިވެ އެ މަސައްކަތް ކުރުން.
 
- ޤަބުރުސްތާނުގައި ޖަހާފައިވާ ލައިޓްތަކާއި، ކަރަންޓް ވިއުގަރ މަރާމާތުކޮށް ބެލެއްޓުން.
 
- ކައުންސިލުން ބަލަހައްޓަމުންގެންދާ ބަނދަރު ފެނުގެ ނިޒާމްގެ މަސައްކަތާއި، އަދި އިލެކްޓްރިކާއި ގުޅޭ އެންމެހާކަންކަން ބެލެހެއްޓުން.
 
- ފުޓްސަލްދަނޑުގެ ކަރަންޓް ވިއުގަ އާއި އިލެކްޓްރިކާގުޅޭ އެންމެހާ މަސައްކަތް ކުރުން.
 
- އިތުރުކުރަންޖެހޭ މަގުބައްތިތައް އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 
- މަގުބައްތީގެ އަނދާ ލައިޓްތަކާއި، ސެންސަރުތައް ދެނެގަނެ އެތަކެތި ބަދަލުކުރުން.
 
- ކައުންސިލުން ބަލަހައްޓަމުންގެންދާ ޢިމާރާތްތަކާއި ތަންތަނުގައި ހުރި ލައިޓްތަކާއި ސެންސަރުތައް ބަދަލުކުރަންޖެހޭ ޙާލަތްތަކުގައި އެތަކެތި ބަދަލުކޮށް އިލެކްޓްރިކާ ބެހޭ ކަންކަން މަރާމާތުކޮށް ބެލެހެއްޓުން މަރާމާތުކޮށް ބެލެހެއްޓުން
 
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
 
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
 
  | 
| 
   
  
  
ހުށަހަޅަންޖެހޭ ލިއުންތައް: 
 | 
- ވަޒީފާއަށް އެދޭ ފޯމު
 
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
 
- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ނެތްނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއް
 
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ.
 
  | 
| 
 ވަޒިފާއަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
 
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
 
  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 
 | 
 21 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ  މެންދުރު 13:00 ގެ ކުރިން ށ. ޅައިމަގު ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެމެވެ. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ [email protected]  މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
 | 
| 
 އިންޓަވިއު އޮންނާނޭތަނާ މުއްދަތު 
 | 
 މިމަޤާމަށް މީހުން ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 2023 ފެބުރުވަރީ 22 އާއި 2023 ފެބުރުވަރީ 28 އާއި ދެމެދު ށ. ޅައިމަގު ކައުންސިލުގެ އިދާރާގައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވުން އެދެމެވެ. 
 | 
| 
 އިތުރު މައުލޫމާތު 
 | 
 މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6540051 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ [email protected]   މެއިލް އެޑްރެހަށެވެ. 
 |