މަޤާމުގެ ނަން:
|
ސީނިއަރ ލީގަލް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ، ގްރޭޑް S01
|
އަސާސީ މުސާރަ:
|
-/7,350 ރ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %35
|
ޓެކްނިކަލް އެލަވަންސް
|
އަސާސީ މުސާރައިގެ %35
|
ޑެއިލީ ސަރވިސް އެލަވަންސް:
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/275ރ.
|
ފޯން އެލަވަންސް:
|
ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
ކޮމިޝަނުގެ ޤާނޫނީ މަސައްކަތްކުރުން
|
މައިގަނޑު މަސައްކަތްތައް:
|
- ކޮމިޝަންގެ އެންމެހައި ލީގަލް ކަންތައްތައް ހިންގައި ބެލެހެއްޓުން.
- އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތައް ދިރާސާކޮށް، ޤާނޫނީ ލަފާ ދީ އެކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ދައުލަތުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
- ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް މެންބަރުންނަށް ހުށަހެޅުން.
- ކޮމިޝަނަށް ދައުވާލިބޭ ގޮތަށް ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް ފަދަ ތަންތަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެތަންތަނުގައި ކޮމިޝަން ތަމްޞީލު ކުރުމާއި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން.
- އޮފީހުގެ މަސައްކަތާ ގުޅުން ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޤާނޫނީ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ ނަން:
|
އިންވެސްޓިގޭޓަރ
|
ބޭނުންވާ އަދަދު:
|
1
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް O01
|
އަސާސީ މުސާރަ:
|
-/4,725 ރ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %35
|
ޓެކްނިކަލް އެލަވަންސް
|
އަސާސީ މުސާރައިގެ %35
|
ޑެއިލީ ސަރވިސް އެލަވަންސް:
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250ރ.
|
ފޯން އެލަވަންސް:
|
ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
އިންވެސްޓިގޭޝަން މަސައްކަތް ކުރުން
|
މައިގަނޑު މަސައްކަތްތައް:
|
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް، މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނަށް މަޝްވަރާ އާއި ލަފާދިނުން.
- ކޮމިޝަން މެންބަރުންގެ ލަފާގެ ދަށުން ސަރުކާރުގެ އެހެން އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
- ތަޙުޤީގު ކުރެވޭ މައްސަލަތައް ކުރިއަށްދާ ގޮތާއި މައްސަލަތަކުގެ ރިކޯޑު ބެލެހެއްޓުން.
- މައްސަލަތަކާ ގުޅޭ އެންމެހާ މަޢުލޫމާތެއް ބެލެހެއްޓުން.
- ކޮމިޝަންގެ ލަފާގެ ދަށުން މައްސަލަތަކާ ގުޅޭ ރިޕޯޓު ތައްޔާރުކުރުން.
- މައްސަލަތަކާ ގުޅޭގޮތުން ހާޒިރުކުރަންޖެހޭ މީހުންނަށް ހާޒިރުވާން އެންގުން.
- މައްސަލަތަކުގައި ގެނެވޭ މީހުންގެ ބަޔާން ނެގުން.
- ކޮމިޝަނުން ބަލައި ތަޙުޤީޤް ކުރާ މައްސަލަތަކާ ގުޅުންހުރި ލިޔުންތައް ދެނެގަނެ އެފަދަ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
- ކޮމިޝަނުން ބަލައި ތަޙުޤީޤްކުރާ މައްސަލަތަކުގެ ރިޕޯޓު ޙިއްސާކުރަންޖެހޭ ދައުލަތުގެ އިދާރާތަކަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހޭ ކަންތައްތައް ކުރުން.
- ކޮމިޝަނުން ބަލައި ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރެއިން ޖިނާޢީ ދަޢުވާކުރުމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި ޖިނާޢީ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި މެންބަރުންގެ ލަފައާއެކު ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ކޮމިޝަނުން ބަލައި ތަޙްޤީޤުކުރާ މައްސަލަތަކުގެ ތެރެއިން ޖިނާޢީ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާ މައްސަލަތަކާއި އިތުރު މަޢުލޫމާތު ހޯދުމަށް އެދޭ މައްސަލަތަކުގައި މެންބަރުންގެ ލަފައާއެކު ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ކޮމިޝަނުން ބަލާ މައްސަލަތަކާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ޓައިޕްކުރުން.
- އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓުން ހޯދައި ތައްޔާރުކޮށް ކަޑައެޅިފައިވާ ޑެޑްލައިނަށް ކަމާ ބެހޭ ޑިޕާޓްމަންޓާ ޙަވާލުކުރުން.
- މަޤާމުގެ މައްސޫލިއްޔަތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ތަޙުޤީޤު ކުރުމުގެ ދާއިރާގެ މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ ފަރާތެއް ކަމުގައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓު (އެޓެސްޓް ކޮށްފައިވާ).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރެފަރަންސް/ ރެކަމަންޑޭޝަން ލެޓަރ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައި)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑި:
|
- 25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްރަކްޗަރ ކޮށި (ނަމޫނާ ހައުސިންގ ޔުނިޓް)
އަމީނީމަގު, މާފަންނު، މާލެ 20392، ދިވެހިރާއްޖެ
|
އިންޓަވިއު ކުރުން:
|
- މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
މި މަޤާމުތަކަށް މުވައްޒަފުން ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
|
|
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ކޮމިޝަންގެ ނަންބަރު 3010784 އަށް ގުޅުއްވުން އެދެމެވެ.
|