ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމާއި ބެހޭ

1444 ވަނަ އަހަރުގެ ރަމަޟާންމަހު ހއ.އިހަވަންދޫ 4 މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރާނެ ދިވެހި 04 ޙާފިޡުން ހޯދަން ބޭނުންވެއެވެ. އަދި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރަން ވަޑައިގަންނަވާ ބޭފުޅުންނަށް މިއިދާރާގެ ފަރާތުން ހަމަޖައްސަވާނެ ކަންތައްތަކާއި ޚަރަދުތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  • ޙާފިޡުންގެ ދަތުރު ޚަރަދާއި ފަރިއްކޮޅާއި ހުރުމުގެ ޚަރަދު
  • ތަރާވީޚް ނަމާދުކުރާ ކޮންމެ ރެއަކަށް 500 ( ފަސްސަތޭކަ ރުފިޔާ )

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޙާފިޡުކަމުގެ ސަނަދާއި، ލިބިފައިވާ ތަޖުރިބާ ލިޔުންތަކާއި ވަނަވަރު އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ އިހަވަންދޫ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected]  އަށް މެއިލްކޮށް ދެއްވުން އެދެމެވެ. މިކަމަށް 04 ފަރާތަށް ވުރެ ގިނަފަރާތުން އެދޭނަމަ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖްރިބާ ލިޔުންތަކަށް ބަލައި އެންމެ މަތިން މާކްސް  ލިބޭ 04 ފަރާތެކެވެ. މިކަމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ 19 ފެބްރުވަރީ 2023 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. މިކަމުގައި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް އަލްފާޟިލް ޢަލީ އަރުޝަދު ( ފޯން ނަންބަރު: 9850584 ) އަށް ގުޅުވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ފެބުރުވަރީ 2023
ހޯދާ