ދިވެހިރާއްޖެ
ތާރީޚް: 9 ފެބްރުއަރީ 2023
ނަންބަރު: IUL)486-HR/1/2023/9)
އިޢުލާނު މިއޮފީހުން ކުރި ނަންބަރ: IUL)486-HR/1/2023/1) އިއުލާންއާ ގުޅިގެން މީޑިއޭޓަރގެ މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. |
|
މަޤާމު: |
މީޑިއޭޓަރ |
ކްލެސިފިކޭޝަން އަދި ގްރޭޑް |
އެގްޒެކެޓިވް އޮފިސަރ ގްރޭޑް 3 |
ރޭންކް |
އޯޓީޖޭ ޕީ11 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް |
ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް |
މުސާރަ: |
15,500/-ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
6500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ތަޙްޤީޤު ޓީމުން މީޑިއޭޝަން އެންޑް ވިކްޓިވް ސަޕޯޓް ޔުނިޓަށް ފޮނުވާ ރިޕޯޓުތައް މުރާޖާ ކުރުން. 2- އެ މައްސަލައަކީ ޞުލްޙަ ކުރެވިދާނެ މައްސަލައެއް ކަމަށް ފެނިއްޖެނަމަ އެ މައްސަލަ ޞުލްޙަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން. 3- މައްސަލަ ޞުލްޙަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ދެފަރާތް ހާޒިރު ކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން. 4- މައްސަލައެއްގައި ދެފަރާތް ޞުލްޙަކުރުމަށް އެކި ގޮތްގޮތް ބޭނުން ކުރުން، އެގޮތުން ބޭނުންކުރާ ގޮތެއްގެ ނަތީޖާގެ ރިޕޯޓް ތައްޔާރުކުރުމަށް ފަހު ޑިރެކްޓަރގެ ލަފަޔާއެކު އެހެން ގޮތްތައް ބޭނުން ކުރުން. 5- ޞުލްޙަ ކުރުމަށް ކުރަންޖެހޭ މަސައްކަތަށް ހުށަހެޅޭ މައްސަލަތަކުގެ ރިޕޯޓްތަކާއި ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުން. 6- ޞުލްޙަ ކުރުމަށް ހުށަހެޅޭ މައްސަލަތަކުގައި ނަތީޖާއަކަށް ވާޞިލް ވަންދެން މަސައްކަތް ކުރުމާއި ފޮލޯއަޕް ހެދުން އަދި ތަންފީޒުވާ މިންވަރު ބެލުން. 7- ޞުލްޙަ ކުރުމަށް ކުރާ މަސައްކަތުގެ އެޑިއުކޭޝަނަލް ކޮމްޕޯނެންޓެއް ހިމެނޭ ނަމަ، ރިސާރޗް އެންޑް އެވެއަރނެސް ޔުނިޓާއި ގުޅިގެން އެފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން 8- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން |
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަސައްކަތާއި ގުޅޭ ދާއިރާ: ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާކެޓިންގ، ލީގަލް، ސޯޝިއޮލޮޖީ، ސައިކޮލޮޖީ |
ރަސްމީ ގަޑި: |
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ސުންގަޑި: |
20 ފެބްރުއަރީ 2023 ގެ 14:00 |
އެހެނިހެން: |
އެޕްލިކޭޝަން ފޯމު އީމެއިލް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |
18 ރަޖަބު 1444
9 ފެބްރުއަރީ 2023