މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެކައުންޓެންޓް

މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު: އެކައުންޓެންޓް

ބޭނުންވާ އަދަދު: 1

މުސާރަ: -/18,000ރ

އެލަވަންސް:  މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ގިނަވެގެން މަހަކު 4,500.00 ރ ގެ ނޮން-ޕްރެކްޓިސިންގް އެލަވަންސެއް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗްލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، އަދި އެސޯސިއޭޝަން އޮފް އެކައުންޓިންގ ޓެކްނީޝަންގެ (MAAT) ޕްރޮފެޝަނަލް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ، އޭ.ސީ.ސީ.އޭ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. އަދި އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.  
  2. މައިކްރޯސޮފްޓް އެކްސެލް، ކުއިކް ބުކްސްގެ އިތުރުން އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސް އަކުން އައި.ޑީ. ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓު ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމެއް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3309908 (އެކްސްޓެންޝަން: 134، 335)

ފެކްސް: 3307759

އީމެއިލް: [email protected]

18 ޑިސެންބަރު 2014
ހޯދާ