ދިވެހިރާއްޖެ
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، މާރކެޓިންގް (އޮފިސަރ، SO1) | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ސެކިއުރިޓީ އޮޕަރޭޝަންސް (އޮފިސަރ، SO1) | |
---|---|
ބޭނުންވާ އަދަދު :1 | |
މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
މަގާމު: |
ސީނިއަރ ޓެކްސް އޮފިސަރ، މާރކެޓިންގް (އޮފިސަރ، SO1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / މާކެޓިންގ ޑިވިޜަން / މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަން |
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން |
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މީރާ އާއި އެކިއެކި ޓެކްސްތައް ޕްރޮމޯޓްކުރުމަށް ރޯޑްޝޯވ، އެޑިއުކޭޝަނަލް ފެއަރ ފަދަ އެވެއަރނަސް ކެމްޕެއިންތައް ރާވައި ހިންގުމާއި، މީޑިއާ މެދުވެރިކޮށް އާންމުންނާއި ޓެކްސް ދައްކާ ފަރާތްތައް ޓެކްސްތަކަށް އަހުލުވެރިކުރުމަށް މީޑިއާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސޯޝަލް މީޑިއާތައް މެދުވެރިކޮށް މައުލޫމާތު ފޯރުވައިދީ މޮނީޓަރކުރުމާއި، ޓެކްސް ދައްކާ ފަރާތްތައް ޓެކުހަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ސަރވޭ ކުރުމާއި އަދި އޮތޯރިޓީގެ އިމޭޖް ޤާއިމްކޮށް ހިފެހެއްޓުމަށް ޕަބްލިކް ރިލޭޝަންސް ހަރަކާތްތައް ރާވައި ހިންގުމާއި، މީރާ އާއި އެކިއެކި ޓެކްސްތައް ޕްރޮމޯޓްކުރުމަށް މައުލޫމާތު ފޯރުވައިދިނުމަށް ބޭނުންވާ ގްރެފިކްސް، ވީޑިއޯ، އޯޑިއޯ، ފްލަޔަރ، ޕޯސްޓަރ އަދި ބެނަރ ފަދަ މެޓީރިއަލް ޑިޒައިންކުރުމާއި ތައްޔާރު ކުރުން. |
ޝަރުޠު: - މާކެޓިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ، - މާކެޓިންގ އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން. |
|
މަގާމު: |
ސީނިއަރ ޓެކްސް އޮފިސަރ، ސެކިއުރިޓީ އޮޕަރޭޝަންސް (އޮފިސަރ، SO1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އެންޓަޕްރައިޒް އޮޕަރޭޝަންސް އެންޑް ސެކިއުރިޓީ ޑިޕާރޓްމަންޓް/ އެންޓަޕްރައިޒް ސިސްޓަމް ސެކިއުރިޓީ ޑިވިޜަން/ ސެކިއުރިޓީ އޮޕަރޭޝަންސް ސެކްޝަން |
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން |
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮތޯރިޓީގެ ކޮމްޕިއުޓަރ ނެޓްވަރކާއި މުވާސަލާތީ ނިޒާމް ޤާއިމްކޮށް ބެލެހެއްޓުމާއި، އޮތޯރިޓީގެ ނެޓްވާރކް ސެކިއުރިޓީ ރައްކައުތެރިކުރުމަށް ބޭނުންވާ ޕްލޭން ތައްޔާރުކޮށް ރިވިއުކޮށް ސެކިއުރިޓީ ބެލެހެއްޓުމާއި، ހާޑްވެއަރ ސިސްޓަމްތަކާއި ނެޓްވޯކް މޮނިޓަރކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި އޮތޯރިޓީގެ ސަރވަރތައް މަސައްކަތްކުރާކަން ޔަޤީންކުރުމާއި ސަރވަރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ސެކިއުރިޓީ މޮނިޓަރިންގ އެންޑް އެސެސްމަންޓް ސެކްޝަނުން ރިސްކުތަކާއި، ވަލްނަރަބިލިޓީތަކާއި، ސެކިއުރިޓީ ތްރެޓްސް އާއި ގުޅޭގޮތުން ފާހަގަކުރާ ކަންތައްތައް ރަގަޅުކުރުން. |
ޝަރުޠު: - އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ، - އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މީރާގެ ޓެކްނިކަލް އެގްޒާމުން ފާސްވުން ނުވަތަ، - އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މީރާގައި 3 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން ނުވަތަ، - އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މީރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން |
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓް:
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 23 ފެބުރުވަރީ 2023 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ހޮޓްލައިން: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.