ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން ކުއްޔަށް ދޫކުރުމާބެހޭ:
                
                    
                                                މި އިޢުލާންވަނީ 
                        22 މާރިޗު 2023 09:59 ގައި ބާތިލް ކުރެވިފައެވެ.
                                            
                                
             
            
                 
ބީލަން ހުށަހެޅުމުގެ ދަޢުވަތު
         ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން، 10،000 (ދިހަހާސް އަކަފޫޓް ) އަދި 16،000 ( ސޯޅަހާސް އަކަފޫޓް ) ގެ ބިން 50 ( ފަންސާސް ) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
| ބީލަމަށް ރަޖިސްޓްރީކުރުން | 
މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 22 މާރޗް 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  info@fodhdhoo.gov.mv     މެއިލް ކުރެއްވުން އެދެމެވެ.މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. | 
| މަޢުލޫމާތު ދިނުމުގެ ބައްދަލުވުން | 
ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 26 މާރޗް 2023 ވާ އާދިއްތ ދުވަހުގެ 11:15ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 06 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލްގެ info@fodhdhoo.gov.mv    އީމެއިލަށެވެ. | 
| ބީލަން ހުށައެޅުން   | 
ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 10 އެޕްރީލް 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. | 
 
 
               ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
                   18 ރަޖަބް 1444
                    09 ފެބްރުއަރީ 2023