މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 ފެބްރުއަރީ 13 އިން މާރިޗް 02 އަށް ސ.ގަން އަދި ސ.ފޭދޫގައި އެމް.އެން.ޑީ.އެފްއިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ތަކާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު ތަކެއް 2023 ފެބްރުވަރީ 13 އިން 2023 މާރިޗް 02 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް އަދި 00:00 އިން 06:00 އަށް ސ. ގަން އަދި ސ. ފޭދޫގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

  • ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:                  

މިނީފްލޭއަރ، ޓްރިޕް ފްލޭއަރ، ޕައިރޯސް

  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން:              

200 މީޓަރ

  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން:

ސީ-ލެވެލް

  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ ތަން:

ސ. ގަން އަދި ސ. ފޭދޫ

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

09 ފެބުރުވަރީ 2023
ހޯދާ