Secretariat of the Kudarikilu Council, South Maalhosmadulu
Maldives
ބ.ކުޑަރިކިލުގައި ކުނި މެނޭޖްކުރާ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، އެމަސައްކަތަށް ބޭނުންވާ 1.5 ޓަނުގެ ޕިކަޕެއް ގަތުމަށް

Cancelled on 02 March 2023 14:30


`

                       

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives

 (IUL)313-PP/313/2023/7  :ނަންބަރު                            

އިޢުލާން 

ބީލަން ހުށަހެޅުމުގެ ދައުވަތު

      ބ.ކުޑަރިކިލުގައި ކުނި މެނޭޖްކުރާ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، އެމަސައްކަތަށް ބޭނުންވާ 1.5 ޓަނުގެ ޕިކަޕެއް ގަތުމަށް ބޭނުންވެގެން ކުރި ނަންބަރ (IUL)313-PP/313/2023/4 އިޢުލާން ބާޠިލުކޮށް ބީލަން ހުށަހެޅުމުގެ ދައުވަތު އަލުން ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން، މިކައުންސިލްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ބިޑް ރަޖިސްޓްރީކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިކަމަށް ޚާއްސަ ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، އީމެއިލްގެ ޒަރީއާއިން ނުވަތަ ކުޑަރިކިލު ކައުންސިލަށް ހުށަހެޅުއްވުމުން، ރަޖިސްޓްރީކުރުމުގެ މަރުހަލާ ފުރިހަމަވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން، އެސް.އެމް.އީ އަދި ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ، ގެޒެޓްކުރެވޭ ދުވަހުން ފެށިގެން، 14 ފެބުރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. މިމުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ޕްރީބިޑް ބައްދަލުވުން

މިބިޑާއި ބެހޭ ހުރިހާ މައުލޫމާތެއް މިއިއުލާނާއިއެކު ގެޒެޓް ކުރެވިފައިވާތީ، މައުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިއުލާނުގައިވާ ނަންބަރަށް ގުޅުއްވާ ނުވަތަ މެއިލްގެ ޒަރިއްޔާއިން ހިއްސާކުރެއްވުމަށް ދަންނަވަމެވެ.

ބިޑް ސެކިއުރިޓީ

މިއިއުލާނާއި ގުޅިގެން، ބިޑް ހުށަހަޅުއްވާ ފަރާތްތަކުން، ބިޑް ސެކިއުރިޓީ ހުށަހަޅާކަން ނުޖެހޭނެއެވެ.

ބީލަން ފޮތް ދޫކުރުން

މިބިޑާއި ގުޅޭ ބީލަންފޮތް ދޫކުރުމަށް ހަމަޖެހިފައިވަނީ މިބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅަންވާނީ، 21 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 11:00 ށް ކުޑަރިކިލު ކައުންސިލްގެ އިދާރާއަށެވެ. ގަޑިޖެހުމަށްފަހު، ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 11:10ގައި، މިކަމަށް ބީލަން ހުށަހަޅުއްވާ ބީލަންވެރިން، ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.

އިތުރު މައުލޫމާތު ސާފުކުރުން

އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީމެއިން އަށް މެއިލް ކުރެއްވުން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް: [email protected]

ފޯނު ނަންބަރު: 4000079 ހޮޓްލައިން: 9170060

ނޯޓް:

މައުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު ކުޑަރިކިލު ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައިވެސް އެބިޑެއް ބާޠިލް ކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

 

އިވެލުއޭޝަން މިންގަނޑު

ޕޮއިންޓް ދެވޭވެ ދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

ޕޮއިންޓްގެ އަދަދު

މަދުވެގެން ހޯދަންޖެހޭ ޕޮއިންޓް

އަގު

  • މާރކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުވޭޝަނަށް ފާސްވާ ފަރާތްތަކުން އެންމެ ކުޑަ އަގަކީ ބެންޗް މާރކް އެއްކަމުގައި ބަލައިގެން، ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގު ތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު (އަގު ކުޑަވީ ވަރަކަށް ލިބޭ ޕޮއިންޓް ގިނަވާނެއެވެ.)

75

30

މުއްދަތު

  • މި ބައިގައި މާކްސް ދެވޭނީ، ތަކެތި ގަނެ ފޯރުކޮށްދެވޭނެ މުއްދަތަށް ބަލައި އެންމެ ކުޑަ މުއްދަތް ހުށައަޅާ ތަރުތީބުންނެވެ.

10

05

މަސައްކަތުގެ ތަޖުރިބާ

  • ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާއަށް ކޮށްދީފައިވާ މިފަދަ ( ވެހިކަލް ސަޕްލައި ކުރުމުގެ) ޕްރޮޖެކްޓްތައް ނިންމި ކަމުގެ ލޔުމަށް ބަލައި، މި ބީލަމްގައި މަސައްކަތާއި ގުޅުންހުރި، ކޮންމެ ޕްރޮޖެކްޓަރަށް 1 ޕޮއިންޓް 2 ލިޔުން ނުވަތަ އެއަށްވުރެއް އިތުރަށް ލިޔުން ހުށައަޅާ ފަރާތްތަކަށް މި ބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ.
  • ހުށަހެޅި ޕްރޮޖެކްޓް އަދަދު/ހުށަހެޅި އެންމެ ގިނަ ޕްރޮޖެކްޓް އަދަދު (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި)

10

05

ވޮރެންޓީ

  • ހުށައަޅާ ފަރާތުގެ ލެޓާރހެޑްގައި ވޮރެންޓީ ލެޓާރ ހުށައަޅަންވާނެއެވެ. މިސިޓީގައި ވޮރެންޓީގެ ދަށުން ކަށަވަރުކޮށްދޭނެ ކަންތައްތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • މަދުވެގެން 6 މަސް ދުވަހުގެ ވޮރެންޓީ ދޭންވާނެއެވެ. 6 މަސް ދުވަހަށް ވުރެ ކުރު ނަމަ މި ބަޔަށް އެއްވެސް މާރކްސް އެއް ނުދެވޭނެއެވެ.
  • އެންމެ ގިނަ ޕޮއިންޓް ދެވޭނެއެވެ.

5

 

ޖުމްލަ

100

40

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.            

18  ރަޖަބް   1444      

 

09 ފެބްރުއަރީ  2023

 

09 February 2023
ހޯދާ