މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ޓީޝާޓު ހޯދުމަށް

މިކުންފުނީގެ މުވައްޒަފުންނަށް ގިރުވާނުލީ ޓީޝާޓު ހޯދުމަށް 27 ނޮވެންބަރު 2014 ގައި ގެޒެޓް ކުރެވުނު ނަންބަރު: MGPL-HR/AD/14-19 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަދި އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހަކީ މާލެއަށް ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން ސަރުކާރު ބަންދުދުވަސްތަކެއްކަމުން އެ އިޢުލާން ބާޠިލުކޮށް، އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް ތިރީގައިވާ އެޑްރެހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

24 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް

29 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް

މޯލްޑިވްގޭސް ޕްރައިވެޓް ލިމިޓެޑް

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ، # 02-21 (2 ވަނަ ފަންގިފިލާ)

އޯކިޑްމަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން: 3335614

މިކަމަށް އެދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

18 ޑިސެންބަރު 2014
ހޯދާ