އިންޓާރންޝިޕް ފުރުޞަތު
|
ނަންބަރު:(IUL)195-A-HR/195/2023/3
|
ތާރީޚް: 08 ފެބުރުވަރީ 2023
|
މި ކޮމިޝަނުން ތިރީގައިވާ ދާއިރާ މަސައްކަތުގެ ތަޖުރިބާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
|
ދާއިރާ
|
ކޮމިޝަން ބިއުރޯ/މީޑިއާ
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މުއްދަތު
|
06 މަސް
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޖުޑީޝަލް ސަރވިސް ކޮމިޝަން
|
އިންޓާރންޝިޕް އެލަވަންސް
|
މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ
|
އަސާސީ ޝަރުޠު
|
- "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިންޓަރންޝިޕް އުސޫލު" ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ ގުޅުންހުރި ދާއިރާ އަކުން ކިޔަވަމުންދާ ނުވަތަ ކިޔެވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުން.
- ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ އަދި ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
|
އިންޓާރޝިޕަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި
|
- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިންޓަރންޝިޕަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ސެކްޝަން އިސްކަންދޭ ތަރުތީބުން ލިޔަންވާނެއެވެ.)
- އިންޓަރންޝިޕަށް އެދޭމީހުންގެ ޢިޤްރާރު
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ އެ ވަޒީފާގެ އަދާކުރި ތަނާއި މުއްދަތު އަދި މައިގަނޑު މަސްއޫލިއްޔަތާއި އެނގޭނެ ގޮތަށް އެތަނަކުން ދީފައިވާ ލިޔުން.
|
ސުންގަޑި
|
19 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- ކޮމިޝަންގެ އިންޓަރންޝިޕަށް އެދި ހުށަހަޅާ ސިޓީ ފުރިހަމަކޮށް އަދި ސިޓީއާއެކު ހުށަހަޅަންޖެހޭކަމަށް އިއުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ އެޕްލިކޭޝަން ބާތިލްވާނެއެވެ.
- އިންޓަރންޝިޕަށް އެދި ހުށަހަޅާ ސިޓީގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ސެކްޝަން/ދާއިރާ އިސްކަންދޭ ތަރުތީބުން ލިޔަންވާނެއެވެ.
- މެއިލް މެދުވެރިކޮށް ސިޓީ ފޮނުވާނަމަ، އިންޓާރންޝިޕަށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރު މެއިލްގައި ލިޔަންވާނެއެވެ.
- އީމެއިލް މެދުވެރިކޮށް ހުށަހަޅާ ސިޓީއާއެކު ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދޭންވާނެއެވެ.
- ޝޯޓްލިސްޓްކުރެވި އިންޓާނުން ހޮވުމަށް ބާއްވާ އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރުނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
- އިންޓަރންޝިޕަށް އެދޭމީހުންގެ ޢިޤްރާރު ކޮމިޝަނުގެ ވެބްސައިޓް www.jsc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.
|
|
|
|