އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އދ. އެނބޫދޫ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
އދ. އެނބޫދޫ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިކައުންސިލާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ އދ.އެނބޫދޫ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއްހޯދަން ބޭނުންވެގެން ކުރި ނަންބަރު:(IUL)234-C/234/2022/22 (08 ޑިސެމްބަރ 2022) އިޢުލާނަށް އެކަށީގެންވާ ހުށަހެޅުމެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިރަށް ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- ޕްރޮޕޯސަލް ހުށަހެޅުމަށް މިކައުންސިލްގައި ރަޖިސްޓްރީވުން: ރަސްމީގަޑީގައި ނަންބަރު: 6680507 އަށް ގުޅައިގެން އަދި މިކައުންސިލަށް ދުރުވެލައްވައިގެން 15 ފެބްރުއަރީ 2023ގެ 14:00ގެ ކުރިން
- ޕްރޮޕޯސަލް ހުށަހެޅުން: 19 ފެބްރުއަރީ 2023 ގެ 11:30 ގެ ކުރިން މިއިދާރާއަށް
- ހުށައެޅޭ ޕްރޮޕޯސަލްތައް ހުޅުވުން:19 ފެބްރުއަރީ 2023 ގެ 11:30 ގައި މިއިދާރާގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައި
މިރަށާއިގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭތަކެތި އެނގޭނެ މަޢުލޫމާތުޝީޓް މި އިޢުލާނާއެކު ގެޒެޓް ކޮށްފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680507 ނަންބަރަށެވެ.
09 ފެބުރުވަރީ 2023
ހޯދާ