ދިވެހިރާއްޖެ
ތުލުސްދޫ ފެރީ "ތަރިކަ 2 " އަށް ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިރަށުގައި ދުއްވާފެރީ "ތަރިކަ 2" އަށް ހަފުތާއަކު 1600 ލިޓަރ ޑީސަލް މަގުން ޖުމުލަ 6400 ލިޓަރ ޑީސަލް މަހަކު ގަންނަން ބޭނުންވެއެވެ.
ވީމާ، މި އަދަދަށް ޑީސަލް ސަޕްލައިކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:-
- ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީ
- ވިޔަފާރިއަކުން ނަމަ ވިޔަފާރީގެ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައާއި ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުންނާއި، އަދި ލިޔެކިޔުންތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ: 6640183 އަށެވެ.
ހުށަހެޅޭ ޕްރޮޕޯޒަލްތަކަށް ޕޮއިންޓް ދެވޭނެ އުސޫލު
- ހުށަހަޅުއްވާ އެންމެ ކުޑަ އަގު: 75 ޕޮއިންޓް
- ކްރެޑިޓްކޮށް ދޭނެ ލިމިޓް (އެންމެ ބޮޑުލިމިޓް) : 15 ޕޮއިންޓް
- ކްރެޑިޓް ވެލިޑިޓީ (އެންމެ ދިގު މުއްދަތު) : 10 ޕޮއިންޓް
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 ޞަފަރު 1436