މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ފުޑް ކޮންޓްރޯލް

ބޭނުންވާ އަދަދު

01

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް:EX3

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

ޑިވިޝަން

ފުޑް ކޮންޓްރޯލް ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފުޑް އެގިއުލޭޓަރީ ނިޒާމްގެ ފެންވަރު ހިފެހެއްޓުމަށާއި، އެ ނިޒާމު ތަރައްޤީކޮށް ޒަމާނީ ކުރުމާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުޞޫލު ޤާއިމު ކުރުން، އަދި އެ ނިޒާމު ހިންގުމަށް ބޭނުންވާ ކަންކަން ރާވައި ތަންފީޒުކުރުން.
  • ފުޑް ކޮންޓްރޯލް ޑިވިޝަން ހިންގުމަށް ކަނޑައަޅާ އެކްޝަން ޕްލޭނާއި ޕްރޮޖެކްޓުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ޤާނޫނާއި ގަވާއިދު އަދި ސެޓެންޑާރޑްތައް ގުޅުންހުރި މުއައްސަސާތަކާއި ފަރާތްތަކާ ވިލަރެސްކޮށްގެން ހެދުން.

ތަޢުލީމާއި ތަޖުރިބާ

  1. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 އިން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު ޖުމްލަ 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 އިން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު ޖުމްލަ 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 ން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ސީނިއަރ ސައިންޓިފިކް އޮފިސަރ

ބޭނުންވާ އަދަދު

01

ޑިރެކްޓަރ

ރޭންކް: EX1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

ޑިވިޝަން

ފުޑް ކޮންޓްރޯލް ޑިވިޝަން / ކުއަލިޓީ އެޝުއަރެންސް ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ހިންގުމަށްޓަކައި ކޮލިޓީ އެޝޫރަންސް ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީގެ ޕޮލިސީއާއި ޕްރޮސީޖާސްއާ އެއްގޮތަށް ޑިވިޝަން ހެޑްގެ ލަފާގެ މަތިން ރާވައި އިންތިޒާމްކޮށް ހިންގައި ބެލެހެއްޓުން.
  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ހިންގުމަށްޓަކައި ކޮލިޓީ އެޝޫރަންސް ސެކްޝަނާ ގުޅުންހުރި އެކްޝަންޕްލޭން ތަންފީޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ސީނިއަރ ސައިންޓިފިކް އޮފިސަރ

ބޭނުންވާ އަދަދު

01

ޑިރެކްޓަރ

ރޭންކް: EX1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

ޑިވިޝަން

ފުޑް ކޮންޓްރޯލް ޑިވިޝަން  / ފުޑް ރެގިއުލޭޝަން  

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ކޯޑެކްސްގެ މިންގަޑާ އެއްގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ގަވާއިދު ބަލައި އިސްލާޙު ކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގައިޑްލައިން ތައްޔާރުކޮށް އަދި ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ރިސްކް އެކުލެވޭ މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ރިސްކް އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު އަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ ގައި)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014400 އެވެ.

14 ޑިސެންބަރު 2014
ހޯދާ