މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޖާމިޢު މަރާމާތުކުރުމާއި މަސްޖިދުލް މުސާވާތު ގައި ކުލަލައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މަސްޖިދުލް ޖާމިޢު މަރާމާތުކުރުމާއި މަސްޖިދުލް މުސާވާތު ގައި ކުލަލައިދޭނެ ފަރާތެއް ހޯދުން

މިމަސައްކަތް ކުރުމަށް ކުރިން ކުރެވުނު މިކައުންސިލްގެ ނަންބަރު(IUL)365-ESMS/2023/04 (22 ޖަނަވަރީ 2023) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

މިރަށު މަސްޖިދުލް ޖާމިޢު އަމިއްލަތަކެތީގައި މަރާމާތުކޮށްދިނުމާއި މަސްޖިދުލް މުސާވާތު ގައި ކުލަ ލައިދޭނެ ފަރާތެއް (މިކައުންސިލުން ކުލަ ދިނުމުން) ހޯދުމަށް ވަނީ ބޭނުންވެފައެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014)ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތްކޮށްދިނުމަށް އެދޭ ފަރާތްތަކުން 15 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ތަން

މަޢުލޫމާތު ދިނުން

16-02-2023

ބުރާސްފަތި

11:00

މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އަންދާސީ ހިސާބު ހުށަހެޅުން

23-02-2023

ބުރާސްފަތި

11:00

މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމް

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. މަސައްކަތުގެ އަގަށް: %80(އައްޑިހަ އިންސައްތަ) (ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
  2. މުއްދަތަށް: (ދިހައެއް އިންސައްތަ) (އެންމެކުރުމުއްދަތަކީ ބެންޗުމާކު ކަމުގައި ބަލައިގެން).
  3. މަސައްކަތުގެ ތަޖުރިބާއަށް: (ދިހައެއް އިންސައްތަ) (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

08 ފެބުރުވަރީ 2023
ހޯދާ