ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ގައުން ފަހައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މި ކޯޓަށް 07 (ހަތެއް) ގައުން ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު
 (IUL)197-A3/1/2023/3 (26 ޖަނަވަރީ 2023) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ކޯޓަށް ގައުން ފަހައިދުނުމަށް ޝައުގުވެރިވާ ފަރާތްތަކުން  19 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

https://supremecourt.mv/storage/mv/media/iulaan/iul-6-information-sheet.pdf?url=mv/media/iulaan/iul-6-information-sheet.pdf

އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހުގެ ތާރީޚަކީ 19 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 09:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމައްޓަކައި އީމެއިލް: [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ގަނެވެން ނެތްވާހަކަ ދަންނަވަމެވެ.

ސާމްޕަލް ޑިޒައިން ބެލޭނެ އިންތިޒާމް 14 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިކޯޓުގައި ހަމަޖެހިފައިވާ ވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

08 ފެބުރުވަރީ 2023
ހޯދާ