މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
KNB Scholarship 2023, Indonesia

KNB Scholarship 2023, Indonesia

އިންޑޮނޭޝިއާ

ޤައުމު:

މާސްޓަރސް ޑިގްރީ

ކޯހުގެ ލެވެލް:

ކޯހުގެ ދާއިރާތައް އަދި ކޯސް އޮފަރކުރާ ޔުނިވަރސިޓީތައް އެނގޭނެ ލިޔުން މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.

ކޯހުގެ ދާއިރާ:

ރާއްޖޭގެ ސަރުކާރާއި ދަޢުލަތުގެ މުއައްސަސާތަކާއި، އެން.ޖީ.އޯ.ތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި، ތަޢުލީމް އުގަންނައިދިނުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް

ސްކޮލަރޝިޕް ހުޅުވާލެވިފައިވާ ފަރާތްތައް:

މާސްޓަރސް ޑިގްރީ

1.ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލް ކޮށްފައިވުން.

2. 12 ފެބުރުވަރީ 2023 ގެ ނިޔަލަށް އުމުރުން 36 އަހަރުވެފައިނުވުން.

3.IBT TOEFL އިން 80 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ބަހުގެ ރިކުއަރމަންޓް ހަމަވުން.

4.މިއިޢުލާނާއިއެކު އަޕްލޯޑުކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2.އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1..ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4.މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ

5.މިހާރު ވަޒީފާ އަދާކުރަމުން ދާ ތަނުގެ ލިޔުން

6. 02 ރެކޮމެންޑޭޝަން ލެޓާރ (ކޯހާއި ގުޅޭގޮތުން އިޢުލާނާއެކު އަޕްލޯޑްކުރެވިފައިވާ އިންފޮމޭޝަން ޝީޓުގައި ބަޔާންކޮށްފައިވާ ގޮތައް)

7.ކޯހަށް އެދޭ ޔުނިވަރސިޓީގެ ވެބްސައިޓުގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

8.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

9.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ހަވާލުވާނަމަ، ހަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

-މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅާނީ އެންމެ ކޯހަކަށެވެ.

-މި ސްކީމްގެ ދަށުން ކޯސްތަކުގައި ކިޔަވަން ހަމަޖެހިފައިވަނީ އިންޑޮނޭޝިއާ ބަހުންނެވެ. އަދި ކޯސް ފެށުމުގެ ކުރިން 1 އަހަރު މުއްދަތުގެ އިންޑޮނޭޝިއާ ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

-މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

-މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ (ކޭ.އެން.ބީ ސްކޮލަރޝިޕް) ފަރާތުންނެވެ.

-މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުންނާއި، ތިރީގައިވާ ކޭ.އެން.ބީ ސްކޮލަރޝިޕްގެ ވެބްސައިޓުން https://knb.kemdikbud.go.id ލިބޭނެއެވެ.

-މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ފަރާތްތަކުން މި މިނިސްޓްރީން އެންގުމުން، ކޭ.އެން.ބީ ސްކޮލަރޝިޕްގެ ވެބްސައިޓު https://knb.kemdikbud.go.id މެދުވެރިކޮށް 18 ފެބުރުއަރީ 2023 ގެ ކުރުން އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ  އިންޑޮނޭޝިއާ އެމްބަސީގެ ރިކޮންމެންޑޭޝަން ލެޓަރ ޝަރުތު ހަމަވާ ދަރިވަރުންނަށް މި މިނސްޓްރީން އީމެއިލް ކުރައްވާނެ ކަމުގައި ދަންނަވަމެވެ. އަދި އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މި އިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެ ކަމުގައިވެސް ދަންނަވެމެވެ.

*ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

*އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި "އެނެކްސް 1" އިން ލިބޭނެއެވެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 12 ފެބުރުވަރީ 2023 ވާ އާދިއްތަ ދުވަހު 10:30 ގެ ކުރިން

*މި ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުން  މި ސްކޮލަރޝިޕްގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވަނީ ވަރަށް ކުޑަ މުއްދަތެކެވެ. އެހެންކަމުން މި އިޢުލާނަށް އެޕްލިކޭޝަން ހުށަހެޅުމަށް ދެވޭ ސުންގަޑި ކުރު ކުރަންޖެހުނީއެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026947 / 3026966 ނަންބަރު ފޯނުން ލިބޭނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

08 ފެބުރުވަރީ 2023
ހޯދާ