ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

 

ނަންބަރ: GS-203/IUL/2022/04

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ތާރީޚް:  08 ފެބްރުއަރީ 2023

 

ސްކޫލްގެ ކުރަންޖެހޭ -/35000 ރުފިޔާއިން ދަށުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުން

 

 

މި ސްކޫލުގެ ކުރަންޖެހޭ -/35000 (ތިރީސް ފަސް ހާސް) ރުފިޔާއިން ދަށުގެ މަސައްކަތްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް (15 ފެބްރުއަރީ 2023 ން 15 ފެބްރުއަރީ 2024 އަށް) ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި ކަމަށް ޝައުޤު ވެރިވާ ފަރާތްތަކުން އެޓޭޗް ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި  2023 ފެބްރުއަރީ 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ސްކޫލް ގެ ކައުންޓަރަށް ހަވާލުކޮށްދެއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 7983089 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

                        

 

 

 

                                

                                                                              

08 ފެބުރުވަރީ 2023
ހޯދާ