ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މަގުމަތިން ހޮވައިގެން ގެނެވިފައިވާ ފައިސާއަކާއި ބެހޭ

  31 ޖަނަވަރީ 2023 ވީ އަންގާރަ ދުވަހު ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ ވެރިފަރާތެއް ނޭނގޭ ފައިސާއެއް މިކޯޓުގައި ރައްކާކުރެވިފައި ވެއެވެ.

މިފައިސާ ހޮވާފައިވަނީ ށ.މިލަންދޫ ރައިނޯސްގެ ކައިރިންނެވެ. ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ މިފައިސާގެ ވެރިފަރާތެއްވާނަމަ ގެއްލިފައިވާ ފައިސާތަކުގެ ސިފަތައް (ނޫޓުގެ ޢަދަދާއި، ފައިސާގެ ޖުމްލަ،) އެނގޭގޮތަށް މިކޯޓަށް ލިޔުމަކުން ހުށަހަޅައި، ފައިސާގެ ވެރިފަރާތް ސާބިތުކުރުމަށްފަހު ފައިސާ ލިބިގަތުމަށް ދަންނަވަމެވެ.

      އަދި، މިފައިސާ ހޯދުމަށް އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ މިފައިސާއާމެދު ޤަވާއިދުގައިވާ ގޮތުގެ މަތީން ޢަމަލްކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

02 ފެބުރުވަރީ 2023
ހޯދާ