ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ތައްޔާރުކުރުކޮށްދޭނެ ފަރާތެއް ހޯދުން

ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ތައްޔާރުކުރުކޮށްދޭނެ ފަރާތެއް ހޯދުން

ލ. ފޮނަދޫ އިރު ދެކުނު ފަރާތުގައި މޫދަށްއެރޭ ސަރަހައްދެއް ޤާއިމް ކުރުމަށްޓަކައި ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް (އެންވަޔަރނަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް) ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ  -/150ރ އެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 14 ފެބުރުއަރީ 2023 (އަންގާރަ) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: http://shorturl.at/hpFX9

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 16 ފެބުރުއަރީ 2023 (ބުރާސްފަތި) ދުވަހު އޮންލައިންކޮށް އޮންނާނެއެވެ.
  • އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 27 ފެބުރުއަރީ 2023 (ހޯމަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ  27 ފެބުރުއަރީ 2023 (ހޯމަ) ދުވަހުގެ 13:30 ގައި ލ.ފޮނަދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

07 ފެބުރުއަރީ 2023

07 ފެބުރުވަރީ 2023
ހޯދާ