ދިވެހިރާއްޖެ
މި ކުންފުނީގެ އޮޕަރޭޝަންސްގެ ޓޯޓަލް ކާބަން ފުޓްޕްރިންޓް އެސްޓިމޭޓްއެއް ހެދުމަށް، ކުރެވުނު ނަމްބަރު PD/1/2023/12 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށައަޅާފައިނުވާތީ، އެޓޭޗްކުރެވެފައިވާ ޓީއޯއާރްގައިވާ ގޮތަށް ސާރވޭއެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ކަނޑައެޅިފައިވާ ގޮތަށް މައުލޫމާތު ސާފްކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޓީއޯއާރް އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
1. |
މައުލޫމާތު ސާފުކުރުމާއި ޕްރީބިޑް މީޓިންގ |
12 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން. (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.) |
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހު 14:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހަޅާ ގޮތަށް (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
|
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި ޕްރޮޕޯސަލް
|
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.