ދިވެހިރާއްޖެ
އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ތިރީގައި މި ދަންނަވާ މަޤާމުގައި މަސައްކަތް ކުރަން ޝައުޤުވެރިވާ ދިވެހިންނަށް ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: ރެޖިސްޓަރޑް ނާރސް
މުސާރަ: -/5610 ރުފިޔާ
ސާރވިސް އެލަވަންސް: -/2500 ރުފިޔާ
ޝަރުޠު: ނަރސިންގ ދާއިރާއިން އޮނިގަނޑު ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓަރީ ވެފައިވުން
ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާ އަދާކުރެއްވުމަށް ބޭނުންވާ ރަށެއް އެނގޭނެހެން 28 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އެދިލައްވާ ރަށެއްގައި ހުސްމަޤާމެއް ނެތިގެން ވަޒީފާ ހަމަޖެހެން ނެތްނަމަ ދެވަނަ އަދި ތިންވަނައަށް ވަޒީފާ ބޭނުންވާ ރަށެއްވެސް އެނގޭގޮތަށް (އިސްކަންދޭ ތަރުތީބުން) ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެރަށެއްގައި ހުސް މަޤާމު އޮތް އަދަދަށްވުރެ ގިނަފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ އެ މަޤާމަށް މީހަކު ހޮވާނީ އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއު ކޮށްގެންނެވެ.
މި ވަޒީފާއަށްއެދި ހުށަހަޅުއްވާއިރު ލިބިފައިވާ ނާރސިންގ ސެޓުފިކެޓާއި ނާރސިންގ ކައުންސިލްގެ ރެޖިސްޓްރޭޝަން އާއި ލައިސަންސް އަދި އައި.ޑީ ކާޑުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން ) ހުށަހެޅުއްވުން އެދެމެވެ. މިކަންކަން ފުރިހަމަ ނުކުރައްވާ ހުށަހަޅުއްވާ ސިޓީތައް ބާޠިލު ކުރެވޭނެއެވެ.
މިކަމާ ބެހޭގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ނަންބަރު 3014400، 3014437 ފޯނަށް ގުޅުއްވުން އެދެމެވެ.
22 ޞަފަރު 1436