ދިވެހިރާއްޖެ
އިޢުލާން
މަލްޓިޕާރޕަސް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޖަހާފައިވާ ޗެންޗޭނު މަރާމާތުތައް ކުރުމަށް އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން
މަލްޓިޕާރޕަސް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޖަހާފައިވާ ޗެންޗޭނު މަރާމާތު ކުރުމުގެ މަސައްކަތް،މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ މިއިދާރާގެ ނަންބަރު: (IUL)320-ADHR/320/2023/22 އެ އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 ފެބްރުއަރީ 9 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] އަށް 2023 ފެބްރުއަރީ 9 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފޮނުއްވަންވާނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނާއިބު ރައީސް (ޢަލީ ޝަފީޤު) 7992334 އަށް ގުޅުއްވުން އެދެމެވެ.
16 ރަޖަބް 1444