ދިވެހިރާއްޖެ
ނަންބަރ: GS124/IUL/2023/03
އިޢުލާނު
މިސްކޫލްގައި ބައުވެ ހަލާކުވެފައި ހުރި ބައެއް ހަރުމުދާ ނީލަން ކިޔުމާއި ގުޅޭ
މިސްކޫލްގައި ބައުވެ ހަލާކުވެފައި ހުރި ބައެއް ހަރުމުދާ ހުރުމާއިއެކު މިތަކެތި ނީލަން ކިޔުމަށް އިޢުލާން ކުރަމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މަޢުލޫމާތާއި އިތުރު ތަފްސީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2023 ފެބުރުއަރީ 18 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް އިނގުރައިދޫ ސްކޫލުގެ ހޯލުތެރެއަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ވަގުތުން ފައިސާ ދެއްކެވުމަށް ފަހު ރަސްމީ 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.