މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ޘަޤާފީ ޢީދު ފެސްޓިވަލުގެ ސެޓުތައް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/659/12/2014

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު:

ރާއްޖޭގެ ޘަޤާފަތާއި ރަނގަޅު އާދަކާދަ ދިރުވައި އާލާކުރުވުމަށްޓަކައި މިކޯޕަރޭޝަނުން 2015 ވަނައަހަރު ޖަނަވަރީމަހު ސަލްޓަންޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ '' ޘަޤާފީ ޢީދު '' ފެސްޓިވަލުގެ ސެޓްތައް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ޑިސެންބަރު 2014 އާދީއްތަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޑިސެންބަރު 2014 ބުދަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވަންވާނެއެވެ.

23 ޞަފަރު 1436        

15 ޑިސެންބަރު 2014
ހޯދާ