ދިވެހިރާއްޖެ
އިޢުލާން
ހއ. ކެލާ ޔޫތުއެރީނާގައި ހިމެނޭ ސްޓޭޖްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ހއ.ކެލާ ޔޫތުއެރީނާ ސަރަހައްދުގައި ހިމެނޭ ސްޓޭޖްގެ ނުނިމިހުރި މަސައްކަތް މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރުން |
05 ފެބުރުވަރީ 2023 އިން 13 ފެބުރުވަރީ 2023 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 13:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
14 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
23 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
- މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުށްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާ ނަން، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.