ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގަބުރުސްތާނުގައި ޖަހާފައިވާ މަހާނަ ގާތައް ނެގުން
                                މިރަށުގައި މިހާރު ބޭނުންކުރަމުންދާ ޤަބުރުސްތާނަށް ވެލި އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިހެންކަމުން، މިޤަބުރުސްތާނުގައި ހުރި މަހާނަތަކުގެ ތެރެއިން މަހާނަ ގައު ޖަހާފައިވާ ފަރާތްތަކުން، 12 ފެބުރުއަރީ 2023 ގެ ކުރިން އެތަކެތި ނެންގެވުން އެދެމެވެ. އަދި މިދެންނެވި މުއްދަތުގައި ނުނަގާ ހުންނަ މަހާނަ ގާތަށް މި އިދާރާގެ ފަރާތުން ނަގާނެ ކަމުގައިވެސް ދެންނެވީމެވެ.
މަހާނަގާތަށް ނެގުމުގެ މަސައްކަތް ކުރަންވާނީ ތިރީގައި މިދަންނަވާ ފޯން ނަންބަރަށް ގުޅުއްވާ ލިބޭ އިރުޝާދާ އެއްގޮތަށް ކަމުގައި ދަންނަވަމެވެ.
ފޯނު ނަންބަރ 9484050
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
             05 ފެބުރުވަރީ 2023
            
        
                    ހޯދާ  
                
                 
                    