ދިވެހިރާއްޖެ
ނަންބަރު: (IUL)258/258/2023/26
އިޢުލާން
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫ ސިއްޙީމަރުކަޒުގައި އެއަރކޮންޑިޝަން ސިސްޓަމް ގެނެސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ކައުންސިލުން އިޢުލާންކޮށްފައިވާ ނަންބަރު (IUL)258/258/2023/10 އިޢުލާން އިދާރީ ސަބަބަކާހުރެ ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫ ސިއްޙީމަރުކަޒުގައި އެއަރކޮންޑިޝަން ސިސްޓަމް ހަރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.ވީމާ، މި ތަކެތި ހަރުކޮއްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފްކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
|
ތަފްސީލް |
ތާރީޙް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
16 ފެބުރުވަރީ 2023 |
10:30 |
|
އަންދާސީ ޙިސާބުހުޅުވުން |
27 ފެބްރުވަރީ 2023 |
10:30 |
ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ރަޖަބް 1444
05 ފެބްރުއަރީ 2023
