މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ދަނޑުބިން ދޫކުރުން

ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 02 އަހަރުދުވަހުގެ މުއްދަތަށް ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވަގުތީ ދަނޑުބިމުގެ ގޮތުގައި ދޫކުރެވޭ މި ބިންތަކަކީ، ކުއްޔަށް ދޫކުރެވޭ ބިންތަކަކަށް ނުވާތީ ބިމަށް އެދި ކުރިމަތިލުމުގެ ފުރުޞަޠު 18 އަހަރުން މަތީގެ މުލަކުގެ ކޮންމެ ގޭބިސީއަކުން 01 ފަރާތަކަށް އޮންނާނެއެވެ. ބިންތައް ދޫކުރެވޭނީ ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށެވެ.

         ވީމާ، މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 04 ބިން ކަމުގައިވާތީ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ދަނޑުވެރިކަމަށް ބިން ހޯދުމަށް އެދި ހުށަހަޅާ ފޯމް" ނަންގަވާ 2023 ފެބުރުވަރީ 09 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ފޯމްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ފަހު، އެފަރާތްތަކުގެ މެދުގައި 2023 ފެބުރުވަރީ 12 ވަނަ ދުވަހު، ގުރުނެގުން މި އިދާރާގައި އޮންނާނެވާހަކަ ދެންނެވީމެވެ.

05 ފެބުރުވަރީ 2023
ހޯދާ