ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
މަޤާމު
|
ވެށިފާރަވެރިން
|
ރޭންކް
|
ސަޕޯރޓް ސަޓާފް
|
މުސާރައާއި ޢިނާޔަތްތައް
|
މަހަކު -/9,000 ރުފިޔާ (ކަނޑައެޅިފައިވާ އިނާޔަތްތަކާއެކު)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ރ. ވަންދޫ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)
|
ބޭނުންވާ އަދަދު
|
10
|
ޝަރުޠު
|
- ދިވެހި ރައްޔިތެއް ކަމުގައިވުން
- ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން
- މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ވަންދޫއަށް ގެނެވޭ ކުނި ސްޓޯރޭޖް ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރުމާއި އެ މަސަތްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކުނި ބައިބައި ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ކުރުމާއި ކުނި ވަކި ކުރުމަށްފަހު ޝްރެޑް ކުރުމާއި ބޭލް ކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
- ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ސައިޓުގެ ޑިއުޓީ ރޮސްޓަރ އާއި އެއްގޮތަށް ދުވަހުން ދުވަހަށް ޑިއުޓީ އަދާކުރުން.
- ސައިޓުގައި (ޑިއުޓީ ގަޑީގައި) އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން.
- ސައިޓުގައި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއް ގޮތައް މަސައްކަތްތައް ކުރުން އަދި އުސޫލާއި ޚިލާފަށް ހިނގާ މަސައްކަތްތައް ފާހަގަކޮށް ސުޕަވައިޒަރަށް ރިޕޯރޓްކުރުން
- ސައިޓުގައި މަސައްކަތްކުރުވުމަށް ތިބޭ ސުޕަވައިޒަރުންގެ އެންގުންތަކާއި އެއް ގޮތައް މަސައްކަތްތައް ކުރުން
- ސައިޓުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދިއުން އަދި ސައިޓުގައި ދިމާވާ މައްސަލަތައް ސުޕަވައިޒަރުންނައް އަންގައިގެން ހައްލުކުރަން މަސައްކަތްކުރުން.
- ކޯޕަރޭޝަނުން ވަންދޫގައި ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ އެންމެހާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ވަންދޫ ފެސިލިޓީގެ އެކިއެކި ޑިޕާރޓްމަންޓްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި އޮފީހުން އަންގާ ގޮތެއްގެ މަތީން އަމަލީގޮތުން ބައިވެރިވުން.
- ވަންދޫއަށް ގެނެވޭ ތަކެއްޗާއި، ވަންދޫގައި ހުރި ތަކެއްޗާއި ތަންތަނާއި މީހުން ގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ކޯޕަރޭޝަންގެ ވިޔަފާރިއާއި މަސައްކަތަށް އުނިކަމެއް އަންނާނެފަދަ އެއްވެސް އަމަލެއް ނުހިންގުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން
- މީހުންނާއި ރަނގަޅަށް މުއާމަލާތްކުރަން އިނގޭ ފަރާތެއްކަމުގައިވުން
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:
|
2023 ފެބްރުއަރީ 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ނުވަތަ [email protected] ހުށަހެޅުއްވުން.
|
އިންޓަރވިއު:
|
- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2023 ފެބްރުއަރީ މަހުގައިކުރިއަށް ގެންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.
|
14
ރަޖަބް 1444
05 ފެބްރުއަރީ 2023
|