ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް ރެޖިސްޓްރަރ (ސްޓޫޑަންޓް އިންފޮމޭޝަން ސިސްޓަމް)

މަޤާމް :އެސިސްޓަންޓް ރެޖިސްޓްރަރ (ސްޓޫޑަންޓް އިންފޮމޭޝަން ސިސްޓަމް)
ބޭނުންވާ އަދަދު :1

މަޤާމް: އެސިސްޓަންޓް ރެޖިސްޓްރަރ (ސްޓޫޑަންޓް އިންފޮމޭޝަން ސިސްޓަމް)

 

މަޤާމުގެ ކްލެސިފިކޭޝަން: އިދާރީ

ބޭނުންވާ ޢަދަދު:  1

މަސައްކަތް ކުރަން ޖެހޭތަން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ސެކްޝަން/ޑިޕާޓްމަންޓް: ސްޓޫޑަންޓް އެޑްމިނިސްޓްރޭޓިވް ސަރވިސަސް

ވަޒީފާގެ ބާވަތް: ދާއިމީ

 

ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:

  • މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް ގެ ޖުމްލަ: -/18،125 ރުފިޔާ އާއި -/22،421 ރުފިޔާ އާ ދެމެދު. (މުވައްޒަފަށް ދެވޭނޭ މުސާރައާއި ސާރވިސް އެލަވަންސް ކަނޑައަޅާނީ ތަޖުރިބާ އާއި ހުނަރަށް ބަލައި އުޖޫރަދެވޭ ސްޕައިން ޕޮއިންޓް ގެ އޮނިގަނޑުންނެވެ).
  • މަސައްކަތު ގަޑީގެ އިތުރުން އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)

 

ތަޢުލީމީ ޝަރުތުތައް:

  • ކޮމްޕިއުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައި އޮތުމާއެކު ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

ތަޖުރިބާ:

  • ވެބް ބޭސްޑް އެޕްލިކޭޝަންތައް ހެދުމާއި، ޑޭޓާބޭސް މެނޭޖްމަންޓް އަދި ވެބް ޑިޒައިނިންގެ ތަޖުރިބާ ހުރުން. ފުލްސްޓެކް ޑިވެލޮޕްކުރުމުގެ ތަޖުރިބާ ހުރުން.

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  1. ކޯސްތަކާއި ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސްނެގުން. މިކަމުގެ ތެރޭގައި ސިސްޓަމް ޑިޒައިން ކުރުމާއި، ސެޓަޕްތައް ހެދުމާއި، ޕްރޮސަސްތައް ހިންގުމާއި، ބެކަޕް މަސައްކަތްތައް ކުރުމާއި ޑޮކިޔުމެންޓް ކުރުމާއި އަޕްޑޭޓްކުރުން ހިމެނެއެވެ.
  2. ޔުނިވަރސިޓީގެ ކޮމިއުނިޓީއަށް، ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާބެހޭ ކަންކަމުގައި ރިސޯސްއެއްގެ ގޮތުން ޚިދުމަތް ކުރުން. މިކަންކަމުގެ ތެރޭގައި ރިޕޯޓްތައް ޖެނެރޭޓްކުރުމާއި، ރެވެނިޔު، ސްޓޫޑަންޓް ސަޕޯރޓް، އިގްޒާމް ޑިޕާރޓްމަންޓް، ފެކަލްޓީ ފަދަ ތަންތަނަށް ބޭނުންވާ ރިޕޯޓް ނެގޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
  3. ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމު ގަވާއިދުން އަޕްޑޭޓްކޮށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް ގެނެވޭ ބަދަލުތައް ގެނެސް، މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާ ގުޅުން. އަދި ސިސްޓަމް ވެންޑަރ އާއި މުޢާމަލާތުކޮށްގެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެންޑަރއާއި މުޢާމަލާތުކުރުން.
  4. ޔުނިވަރސިޓީގެ އެކަޑެމިކް ސްޓާފުންނާ ގުޅުންހުރި އިދާރީ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގައި އިސްނަގައި ތަމްރީން ޕްރޮގްރާމް ރާވައި ހިންގުން.
  5. ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމާއި، ތަމްރީނުތައް ރާވައި ހިންގުން.
  6. ދަސްވެނިވާ ދަރިވަރުން ދުރާލާ ދެނެގަނެ، އެ ދަރިވަރުންގެ ޓްރާންސްކްރިޕްޓްތައް ޕްރޮސަސްކޮށް ރިޕޯޓް އެކުލަވާލުން.
  7. ޔުނިވަރސިޓީގެ ވެބްސައިޓުގައި ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ ބައެއް ގާއިމުކޮށް ޤަވާއިދުން އަޕްޑޭޓްކުރުވޭނެ އިންތިޒާމް ހަމަޖެއްސައި އަދި އަޕްޑޭޓްކުރުން. އަދި އަބަދުމެ ތަރައްޤީކުރުން.
  8. ޔުނިވަރސިޓީގެ ކޯސްތަކާބެހޭ މަޢުލޫމާތު ޝައުޤުވެރިވާގޮތަށް ވެބްސައިޓުގައި ފެންނަގޮތް ހެދުމާއި، ޤަވާޢިދުން އަޕްޑޭޓް ކުރުން.
  9. ދަރިވަރުންނަށް ދެވޭ ޚިދުމަތްތަކަށް ފަސޭހަ ކަމާއިއެކު އެދެވޭނެ ގޮތަށް ތަރައްޤީކޮށް ޚިދުމަތްތައް އޮންލައިންކުރުން. މިގޮތުން ދަރިވަރުންގެ ޚާއްޞަ ޕޯޓަލްއެއް ޑިޒައިންކޮށް ޑިވެލޮޕްކުރުމާއި، ދަރިވަރުން އަމިއްލައަށް ޕްލޭސްމަންޓް ލެޓަރ، ޕޭމަންޓް ރިސީޕްޓް ފަދަ މުހިއްމު ލިޔުންތަކަށް އެދެވި އަދި ނެގޭނެ އިންތިޒާމު ހަމަޖެއްސުން.
  10. ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ ބައިގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އުފައްދަންޖެހޭ ސިޔާސަތުތަކާއި، މަސައްކަތުގެ އުސޫލުތައް ކަނޑައަޅައި ތަރައްޤީކުރުމުގައި ރެޖިސްޓްރާރއަށް އެހީތެރިވެދިނުން.
  11. އަހަރީ ރިޕޯޓާއި، ތަފާސް ހިސާބުބަލަހައްޓާ ޤައުމީ މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕްކުރެވޭ ފެންވަރަށް ހުށަހެޅުން.
  12. ދިމާވާ ޙާލަތްތަކަކާ ގުޅިގެން، ރެޖިސްޓްރަރ އަންގާ ގޮތެއްގެ މަތީން، އެސިސްޓަންޓް ރެޖިސްޓްރަރ، ޖެނެރަލްގެ މަސްއޫލިއްޔަތުތައް ކުރުމުއްދަތަކަށް އަދާކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 2023 ފެބުރުވަރީ 12 ވާ އަދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް.

https://tinyurl.com/MNUHR-2023-22

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް/ވެބް ޑިވެލޮޕްމަންޓް/ ފުލް ސްޓަކް ޑިވެލޮޕްމަންޓް ތަޖްރިބާގެ ޕޯރޓްފޯލިއޯ (ހުށަހަޅަން އެދެވިގެންވޭ)
  • ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު). ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓިފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.

** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. 
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • މި މަޤާމަށް މީހަކު އައްޔަންކުރުމުގައި ޢަމަލުކުރެވޭނީ ޔުނިވަރސިޓީގެ ކައުންސިލުން ފާސްކުރާ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތަށެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345136 ނަންބަރު ފޯނާއެވެ.
05 ފެބުރުވަރީ 2023
ހޯދާ