އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ދިގުރަށު މެޖިސްޓްރޭޓް ކޯޓުގެ މަގުފާރު މަރާމާތު ކުރުން.

މި ކޯޓުގެ މަގުފާރުންބައެއް ތަޅާލައި އަލުން ރޭނުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ. މި މަސައްކަތާ ގުޅޭ ޕްރީ-ބިޑް މީޓިންގ އޮންނާނީ 16 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި މި ކޯޓުގައެވެ. ޕްރީ-ބިޑް މީޓިންގ އަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ އައި.ޑީކާޑު ކޮޕީ އާއެކު ނަމާއި އެޑްރެސް އެނގޭގޮތަށް، ހުށަހަޅާފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައިވެސް ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ހުޅުވުން އޮންނާނީ އެކަމަށް ޚާއްޞަކޮށްގެން މި ކޯޓުގައި 27 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގައި ބާއްވާ ބައްދަލުވުމުގައެވެ.

ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި، ޕްރީ-ބިޑް މީޓިންގ އަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

                                 11 ރަޖަބު 1444

02 ފެބުރުވަރީ 2023
ހޯދާ