އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ޕޯޓްސް ކޮމްޕްލެކްސްގެ 2 ވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

(IUL)38-AD/38/2023/45:ނަންބަރު 

 

 

އިޢުލާނު

މޯލްޑިވްސް ޕޯޓްސް ކޮމްޕްލެކްސްގެ 2ވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، މޯލްޑިވްސް ޕޯޓްސް ކޮމްޕްލެކްސްގެ 2ވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 07 ފެބުރުވަރީ 2023 އަންގާރަ ދުވަހުގެ 14:30 އަށް މި ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު)  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 14:30 ގައި އިލެކްޝަންސް ކޮމިޝަން
(ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 13 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު
ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

02 ފެބުރުވަރީ 2023
ހޯދާ