ސިވިލް ކޯޓު
ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުން

އިޢުލާން

 

 

  • މިކޯޓުގެ ގްރައުންޑު ފުލޯގައި 2 ސީލިންގ މައުންޓް އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް:

މިކޯޓުގެ ގްރައުންޑު ފުލޯގައި މިހާރު ހަރުކުރެވިފައިވާ ބްލޫ ސްޓަރ ބްރޭންޑުގެ ސީލިންގ މައުންޓު 02 (ދޭއް) އެއަރކޮންޑިޝަން ނައްޓާ 24000BTUގެ ސީލިންމައުންޓު 02 (ދޭއް) އެއަރކޮންޑިޝަން (އިންވަރޓަރ) ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. ވީމާ މިދެންނެވުނު މަސައްކަތާއިގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީ ކުރެއްވުމަށް 08 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 11:00 އަށް ޖަސްޓިސް ބިލްޑިންގ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވި ފަރާތްތަކުން 14 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓުގެ ގްރައުންޑް ފްލޯގައި ހުންނަ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑި ޖެހުމަށްފަހު ގެންނަ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެކެއް އަންދާސީހިސާބެވެ.

                            11 ރަޖަބު 1444

                           02 ފެބްރުއަރީ 2023

02 ފެބުރުވަރީ 2023
ހޯދާ