ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމަށް ހުޅުވާލާ ސްކޮލަރޝިޕް ސްކީމް 2023 |
|
200 ފުރުޞަތު (50 ޕަބްލިކް ސެކްޓަރ އަދި 150 އޯޕަން ކެޓެގަރީއަށް) |
ކޯހުގެ ޢަދަދު |
އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް. ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް. |
ކޯހުގެ ދާއިރާ |
ACCA ސްކިލްސް ލެވެލް ނުވަތަ ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން. |
ކޯހުގެ ޝަރުތު: |
CIMA މެނޭޖްމަންޓް ލެވެލް ނުވަތަ ސްޓްރެޓީޖިކް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން. |
|
އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) އަދި ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މި ދެ ދާއިރާއިން މީހުން ބިނާކުރުމަށް 200 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލަމެވެ. 1. މި ސްކޮލަރޝިޕްތަކުގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ތިރީގައިވާ ގޮތަށް ލިބޭނެއެވެ. - ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ - އެނުއަލް ސަބްސްކްރިޕްޝަން ފީ - އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ - އެގްޒާމް ފީ - އެފްލިއޭޝަން ފީ - މެމްބަރޝިޕް ފީ (2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާނަމަ) - ބުކް އެލަވަންސް - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ - އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދު |
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއިއެކު ހުށަހަޅަން ޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4. އެގްޒެމްޝަން ލެޓަރ. 5. ޕަބްލިކް ސެކްޓަރގެ ސްލޮޓަށް ހުށަހަޅާނަމަ ވަޒީފާ އަދާކުރާކަމުގެ ލިޔުން. 6. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 7. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި
|
- މި ސްކޮލަރޝިޕްއަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ފަރާތްތައް ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، އެއްވަރުވި ފަރާތްތަކުގެ ތެރެއިން ކެންޑިޑޭޓަކު ހޮވާނީ މެރިޓް އުސޫލުންނެވެ. - މި ސްކޮލަރޝިޕްއަށް ސިލެކްޓްކުރެވޭ ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދެވޭނީ ގިނަވެގެން 2 އަހަރު ދުވަހެވެ. - ޕަބްލިކް ކެޓަގަރީ އަށް ކަނޑައެޅިފައިވާ ޖާގައަށް ވުރެ އިތުރަށް ޝަރުތުހަމަވާ ފަރާތްތަކުން އެ ކެޓެގަރީއަށް ކުރިމަތިލާފައިވާނަމަ އެ ފަރާތްތަކުގެ އެޕްލިކޭޝަން އޯޕެން ކެޓަގަރީގައި ހިމެނޭނެއެވެ. - ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއި ނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވެއްޖެނަމަ ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. - އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު އެނެކްސް 1 އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
ސުންގަޑި: 26 ފެބްރުވަރީ 2023 (އާދިއްތަ) 13:30 |
|
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
|
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026950 / 3026966 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |