މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ލޯގޯއެއް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް

ފަތުރުވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާއި ރަޙުމަތްތެރި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތަކަށް ރައްކާތެރި ސިނާޢަތަކަށް ހެދުމަށްޓަކައި އަލަށް ތަޢާރަފްކުރެވޭ އެވޯޑުގެ ލޯގޯއެއް ތައްޔާރުކުރާނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިމަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ޓާރމްސް އޮފް ރިފަރެންސް މިނިސްޓްރީއާއި މިނިސްޓްރީގެ ވެބްސައިޓު www. tourism.gov.mv އިން ލިބެން ހުންނާނެއެވެ.

ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ޓޫރިޒަމް

ހ. ވެލާނާގެ ، 5 ވަނަ ފަންގިފިލާ

އަމީރުއަޙުމަދުމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3224 332332، ފެކްސް 2512 332

އީ-މެއިލް:[email protected]

ވެބްސައިޓް:www.tourism.gov.mv

18 ޑިސެންބަރު 2014
ހޯދާ