ދިވެހިރާއްޖެ
މިއޮފީހުގެ ގއ. ވިލިނގިލީ ގޮފި ހިނގަމުންދާ ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2014/51) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފާހަގަކުރެވޭތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހުގެ ގއ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ގއ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.
މިއޮފީހުގެ ގއ. އަތޮޅު ގޮފި ހިނގަމުންދަނީ ގއ.އަތޮޅު ކައުންސިލުގެ އިދާރާގެ ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3000655 ފޯނާއި، ނުވަތަ ގއ. އަތޮޅު ގޮފީގެ ނަންބަރު: 6820060 ފޯނާ ގުޅުއްވުން އެދެމެވެ.
26 ޞަފަރު 1436