ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
2023 ވަނަ އަހަރު ށ. ގޮއިދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2023 ވަނަ އަހަރު ށ. ގޮއިދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

2023 ޑިސެމްބަރ 31 ގެ ނިޔަލަށް މި ސުކޫލު ސެކިޔުރިޓީ  ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 ފެބުރުއަރީ 02 އިން 08 އަށް، ބަންދު ނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ މިސްކޫލުގެ ފޯނުނަމްބަރ 6540582 އަށް ގުޅައިގެން ނުވަތަ މި ސްކޫލުގެ އީމެއިލް [email protected] އަށް މައުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިމިވާ މައުލޫމާތުތައް ފޮނުއްވުން އެދެމެވެ.

  1. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް:
  2. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ ރަޖިސްޓްރީ ނަމްބަރ:
  3. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ އީމެއިލް އެޑްރެސް:
  4. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ މޯބައިލް ނަމްބަރ:
  • މި ބީލަމާއި ބެހޭގޮތުން ސުވާލެއްވާނަމަ 2023 ފެބުރުއަރީ 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިސްކޫލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  • މި ބީލަމާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 09 ފެބުރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ އިދާރާގައެވެ.
  • ބީލަން ހުޅުވުން އޮންނާނީ 13 ފެބްރުއަރީ 2023  ވާ ހޯމަ ދުވަހުގެ 11:00 ގައި  ށ.ގޮއިދޫ ސްކޫލްގެ އިދާރާގައެވެ.
  • ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް ބީލަންފޮތް މި ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި އީމެއިލުގެ ޒަރީޢާއިން ފޮނުވައިދެވޭނެއެވެ.
  • ބީލަމުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަންހުށައެއް ނޭޅޭނެއެވެ. ނަމަވެސް ނަންނޯޓް ކުރުމަށް ފަހު މައުލޫމާތު ސެޝަން އަށް ހާޒިރު ނުވެވުނަސް ބީލަން ހުށަހެޅޭނެއެވެ.

02 ފެބުރުއަރީ 2023

02 ފެބުރުވަރީ 2023
ހޯދާ