ދިވެހިރާއްޖެ
އިޢުލާން
މާލެއަތޮޅުގެ ހުރިހާ ކައުންސިލްތަކަކަށް ކުނި މެނޭޖްކުރުމަށް ރަށުޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މާލެއަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކާއި މި އިދާރާއަށް ރަށުޕިކަޕް (10 ރަށު ޕިކަޕް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީކުރުމާއި މަޢުލޫމާތު ދިނުން
- ރަޖިސްޓްރީކުރުމުގެ ސުންގަޑި: 14 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން
- ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެއެވެ.
- މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
- ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.
ބީލަން ހެށަހެޅުން
- ބީލަން ހުށަހެޅުން: 19 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 11:00
- ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
- ބީލަން ހުށަހަޅުއްވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ކ. މާލެ އަށެވެ.
މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.