ދިވެހިރާއްޖެ
ބާރަށުގައި ފެށުމަށް ހަމަޖެހިފައިވާ ކުނިނެގުމުގެ ޙިދުމަތަށް އެދި ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައި މި އިދާރާއިން ނެރުނު ނަމްބަރު: 257/257/2022/69(IUL) (01 އޮގަސްޓް 2022) އިޢުލާންއާއި ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރަށް މި ޙިދުމަތަށް އެދި ރަޖިސްޓްރީކުރަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެމެވެ.
ވީމާ ރަށުގެ ގޭބިސީތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ވިޔަފާރިކުރާ ތަންތަނުންނާއި އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުން ކުނިއުކާލުމަށް ބޭނުންވާ ފަރާތްތަކުން 15 ފެބުރުއަރީ 2023 ގެ 14:00 ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ހިދުމަތަށްއެދޭ ފޯމު އިޢުލާންއާއިއެކު ގެޒެޓްގައި އެޓޭޗުކުރެވިފައިވާނެއެވެ. އަދި ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
10 ރަޖަބް 1444
01 ފެބުރުއަރީ 2023