މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓަރސް ބިޔުރޯގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކުރުން

މިނިސްޓަރސް ބިޔުރޯގެ "ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ" ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައި ކުރި ނަންބަރު (IUL)138-AS4/1/2014/217 (01 ޑިސެންބަރު 2014) އިޢުލާނަށް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި 2014 ޑިސެންބަރު 7، 8، 9، 10 އަދި 11 ހަމަޖެއްސުމާ ގުޅިގެން އެކަށީގެންވާ މުއްދަތެއް ދެވިފައިނުވާތީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު 2014 ޑިސެންބަރު 22 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 2015 ޖަނަވަރީ މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

22 ޞަފަރު 1436

14 ޑިސެންބަރު 2014
ހޯދާ