މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެރީ ޓަރމިނަލް ބިމުގެ ރުއްގަނޑު ކުއްޔަށް ދޫކުރުން
މ. މުލަކު ފެރީ ޓަރމިނަލް ބިމުގައި ހުރި ރުއްގަސް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ފެބުރުވަރީ 7 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި ބިން ދޫކުރުމުގައި ކަނޑައެޅިފައިވާ އަގަކީ 500.00 (ފަސްސަތޭކަ) ރުފިޔާ ކަމުގައިވާތީ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެއަގަށްވުރެ ކުޑަނުވާނޭ ގޮތެއްގެމަތިން އަގު ހުށަހެޅުއްވުން އެދެމެވެ. ރުއްގަނޑު ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރެވޭނޭ ގޮތުގެ މަޢުލޫމާތު ޝީޓް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
01 ފެބުރުވަރީ 2023
ހޯދާ