ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/23
އިޢުލާން
މަގުހިނގަން އުނދަގޫވާގޮތަށް ހުރި ގަސްތައް ކޮށުމާއި ގުޅޭ.
މި ވަގުތު ރަށުގެ މަގުތަކުގައި ދުއްވާތަކެއްޗަށާއި މަގުހިންގާ މީހުންނަށް ދަތިވާގޮތަށް ބައެއް ފަރާތަކުން އިންދާފައިވާ ބޮޑެތި ގަސްތައް (ބަގީޗާ ގަސްތައް ފިޔަވާ) ނަގައި، ގޯތިތަކުގައި މަގަށްވާގޮތަށް ހެދިފައިވާ ގަސްތަކުގެ އޮފިތަށް ބިމުން ފެށިގެން 15 ފޫޓު އުސްމިނަށް ކޮށުމަށް ދަންނަވަމެވެ. މީގެ އިތުރުން މަގު ބައްތިތަކުގެ އަލި އެކަށީގެންވާގޮތުގައި މަގަށް ނުލިބޭގޮތަށް ހުރި ގަސްތަކުގެ ވެރިންވެސް ބައްތިތަކުގެ އަލި ރަނގަޅަށް މަގަށް ފޯރާނޭހެން ގަސްތައް ކޮށުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ތާރު މަގުތަކުގައި ޑިވައިޑަރ ތެރޭގައި ގޭކައިރި ޒީނަތްތެރި ކުރުމަށް ހައްދާފައިވާ މާބަގީޗާ ގަސްތައް ހުއްޓަސް އެންމެ ރަނގަޅު ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ރަޖަބު 1444
31 ޖަނަވަރީ 2023
