ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފުތަރެއް ޤާއިމު ކުރުމާއި ގުޅޭ

(IUL)258/258/20ނަންބަރު:- 22/23                           

 

އިޢުލާން

    

އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފުތަރެއް ޤާއިމުކުރުމާއީ ގުޅޭ.

 

      އެއްގަމު ދަތުރުފަތުރުގެ ޤާނޫން 5/2009 ގެ 15 ވަނަ މާއްދާގެ (9) ގައި ދިވެހިރާއްޖޭ ގެ ކޮންމެ ރަށަކުން ނުވަތަ ސިޓީއަކުން އެސަރަހައްދެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރީގެ ދަފުތަރެއް ޤާއިމު ކުރުމަށް ވަނީ އަންގާފައެވެ. އަދި މި ދަފުތަރުގައި ދާއިމީކޮށް އެ ރަށަކަށް ނުވަތަ އެ ސިޓީއަކަށް ނުވަތަ އެ ސަރަހައްދަކަށް ރަޖިސްޓްރީކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަދުތަކުގެ މައުލޫމާތާއީ، ރަޖިސްޓްރީކޮށްފައިވާ ތަން، ނޫން އެހެން ތަނެއްގައި ދުއްވުމުގެ ވަގުތީ ހުއްދަ ލިބިގެން އެރަށެއް ނުވަތަ އެ ސަރަހައްދެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އެޅަނދުގެ މަޢުލޫމާތު ސާފުކޮށް އެގޭނެހެން ބަލަހައްޓަމުން ގެންދަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން އެއްގަމާޢި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާތީއާއި، މިރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އެޅަނދުފަހަރުގެ ތިރީގައިމިވާ މައުލޫމާތު 16 ފެބުރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް އެންގުމަށް އަދި ދަންނަވަމެވެ.

 

  • އުޅަނދުގެ ވެރިފަރާތުގެ ނަން:-
  • އުޅަނދުގެ ރަޖިސްޓްރީ ނަންބަރު:-
  • އުޅަނދުގެ  ވެރިފަރާތުގެ އައިޑީ.ކާޑް ނަންބަރު:-
  • އުޅަނދުގެ ވެރިފަރާތުގެ ފޯންނަންބަރު:-
  • އުޅަނދުގެ ބާވަތް:-

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

 

 

09 ރަޖަބް 1444

31 ޖަނަވަރީ 2023

 

31 ޖަނަވަރީ 2023
ހޯދާ