މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ވަޒީފާގެ ފުރުސަތު

މަޤާމް: އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު: 1              

ރޭންކް: އެސް.އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2 

މުސާރަ: -/3470 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: N3 ސްކޫލް

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: N3 ސްކޫލް، ހުޅުމާލެ                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެކިއެކި ފަރާތްތަކާ ހަވާލުކުރަންޖެހޭ ލިޔުންތަކާއި ތަކެތި ހަވާލުކުރުން.
  2. ސްޓޮކަށް ބޭނުންވާ ތަކެތި ގެނެސް، ސްޓޮކް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުން.
  3. ފައިނޭންސް ސެކްޝަނުން ނަގަންޖެހޭ ފައިސާ ނެގުމުގައި އެހީތެރިވެދިނުން.
  4. މަރާމާތުކުރަންޖެހޭ މެޝިނަރީތައް ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ގެނައުން.
  5. އޮފީހުގެ ވެރިން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުމާއި، މިނޫންވެސް އޮފީހުން ރާވާ ހިންގާ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، އެކަންތައްތައް ކުރުން.

ޝަރުޠު:                                               

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ބ- މާލޭ ސްކޫލްތަކުގެ ދާއިމީ ޓީޗަރުންގެގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިހާރު ހުޅުމާލޭގައި ދިރިއުޅޭ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.

އިންޓަވިއުކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2014 ޑިސެންބަރު 25 އާއި 30 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ޑިސެންބަރު 24 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341423 ފޯނަށް ގުޅުން އެދެމެވެ.

23 ޞަފަރު 1436

15 ޑިސެންބަރު 2014
ހޯދާ